Tuesday, 28 July 2026

އިސްރާއީލުން ޣައްޒާއަށް ބޮން އެޅުން ހުއްޓާލުމަށް މުޅި ދުނިޔެއިން ގޮވާލައިފި

ޣައްޒާގައި މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރަށް ތާއީދުކޮށް އދ.ގެ އާންމު މަޖިލީހުން މިއަދު ވަނީ ބޮޑު އަޣުލަބިއްޔަތަކުން ވޯޓު ދީފަ އެވެ.

އެ ލިޔުން ފާސްވީ 153 ވޯޓުން ކަމަށް ވާއިރު، 23 ގައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެ އެވެ.

މިދިޔަ ހަފުތާގައި އދ.ގެ ސަލާމަތީ މަޖިލީހުގައި އެފަދަ ގަރާރެއް ވީޓޯކުރި އިތުރު އަށް ގައުމަކާއި އެމެރިކާއާ އެކު އިޒްރޭލުން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފަ އެވެ.

ފަލަސްތީނު އޮތޯރިޓީގެ ޚާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ދެއްކެވި ވާހަކަފުޅުގައި، ޣައްޒާގެ ޙާލަތަކީ ބިރުވެރި ޙާލަތެއްކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން "ޒިންމާ އުފުލަން" ނުކުޅެދިފައިވާކަމަށް ބުނެ އެކަން ވަނީ ކުށްވެރިކުރައްވާފަ އެވެ.

ބަހްރެއިން، ޓިއުނީޝިއާ، ކިއުބާ، ވެނެޒުއޭލާ، އަލްޖީރިއާ، ފިލިޕީންސް އަދި ތުރުކީ ފަދަ ގިނަ ގައުމުތަކުން ވަނީ ފަލަސްތީނަށް ތާއީދުކޮށް ވާހަކަ ދައްކައިފަ އެވެ.

އެ ބައްދަލުވުމުގައި ފްރާންސާއި އިނގިރޭސި ސަފީރުން ބައިވެރިވެވަޑައިގެންނެވި ނަމަވެސް ވާހަކަ އެއް ނުދައްކަވަ އެވެ.

ސަޢޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ ޣައްޒާގެ ހަރުކަށި ޙަޤީޤަތަކީ ބައިނަލްއަޤްވާމީ ޤާނޫނުތައް ސިލެކްޓިވްކޮށް ތަންފީޒުކުރުމުގެ ފުރުޞަތު ދީގެން ބައިނަލްއަޤްވާމީ ސަލާމަތާއި އދ.ގެ އިދާރާތަކުގެ އިތުބާރު ގެއްލޭނެ ޙަޤީޤަތެއް ކަމަށެވެ.

އަދި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު ޢަބްދުއްالله ޔަން ވަނީ ފަލަސްޠީނުގެ ލިބަރޭޝަން މޫވްމަންޓްގެ ގޮތުގައި ސިފަކުރައްވާ ހަމާސް ޖަމާއަތަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

"ހަނގުރާމައަކީ ހައްލެއް ނޫނެވެ. އިޒްރޭލާއި އެމެރިކާއަށް ދުވަހަކުވެސް ހަމާސް ނައްތާނުލެވޭނެ އެވެ. އޮތީ ހަމައެކަނި ސިޔާސީ ހައްލެއް،" އާމިރު އަބްދުالله ވިދާޅުވި އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގައި ފަލަސްތީނުގެ 18،412 މީހުން ޝަހީދުވެ 50،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ފަލަސްތީނާއި ބައިނަލްއަގްވާމީ އަންދާޒާތައް ދައްކާ ގޮތުން މަރުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *