Tuesday, 28 July 2026

އިޒްރޭލުން ހުދު ފޮސްފަރަސް ބޭނުންކުރި މައްސަލަ ތަހުގީގު ކުރަން ގޮވާލައިފި

އިޒްރޭލުން ހުދު ފޮސްފަރަސް ބޭނުންކުރި މައްސަލަ ތަހުގީގު ކުރަން އެމެރިކާގެ މުސްލިމް ޖަމާއަތަކުން ގޮވާލައިފި އެވެ.

އެމެރިކާއިން ފޯރުކޮށްދޭ ވައިޓް ފޮސްފަރަސް ލުބުނާނުގައި ބަހައްޓަން ލިޔެފައިވާ ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓަކާ ހަވާލާދީ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް އިން ވަނީ އިޒްރޭލުން މަދަނީ ސަރަހައްދުތަކުގައި އަލިފާން ރޯކުރާ ތަކެތި "ގާނޫނާ ހިލާފަށް" ބޭނުންކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށްފަ އެވެ.

ގާހިރާގެ ޑެޕިއުޓީ ޑިރެކްޓަރު އެޑްވާޑް އަހްމަދު މިޝެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްރާއީލު ސަރުކާރުން ވައިޓް ފޮސްފަރަސް ބޭނުންކުރާ ކަމަށް ރިޕޯޓްކޮށްފައިވާ މައްސަލައަކީ އެކަން ކުށްވެރިކޮށް، ތަހުގީގުކޮށް، އެކަމަށް ހައްލު ހޯދަން ޖެހޭ ބިރުވެރި ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

އަދި އިޒްރޭލު ސަރުކާރުން އާންމުންނާ ދެކޮޅަށް ހިންގަމުންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މަސައްކަތްތަކަށް ބޭނުންވާ ހުރިހާ މެޓީރިއަލް ފޯރުކޮށްދިނުން ވެސް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

ވޮޝިންޓަން ޕޯސްޓުގެ ރިޕޯޓާ ގުޅިގެން އެމެރިކާގެ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިޒްރޭލުގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ގާނޫނުތަކަށް ބޯލަނބާ ކަމަށް ވަނީ ބުނެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *