Monday, 26 October 2026

މަޖިލީހުގެ ދައުރު ދިގު ދަންމާލަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިގު ދަންމާލުމަށް މަޖިލީހުގެ ރިޔާސަތުން ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހިމެނޭ ގޮތަށް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން މި ދައުރުގެ މުއްދަތު އިތުރުކުރި ނަމަވެސް އެ މަސައްކަތްތައް ނިިމިފައިނުވާ ކަމަށެވެ.

ޤާނޫނުގައި އޮންނަ ގޮތުން މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭ ތާރީހަކީ މިދިޔަ މަހުގެ 27 ވަނަ ދުވަހެވެ. އެހެން ނަމަވެސް މައްސަލަތައް ފުނި ޖެހުމާއި އެކީ ވަނީ މިމަހުގެ 7 ވަނަ ދުވަހައި ހަމައަށް ދައުރު ދަންމާލާފައެވެ.

މިއަދުގެ ޖަލްސާގައި މިކަމަށް ވޯޓެއް ނަގަން ނިންމާފައިވާއިރު، މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ ގިނަ މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ގިނަ މެމްބަރުން ދިޔައީ ބުނަމުންނެވެ. އަދި ގިނަ މަސައްކަތްތައް ފުނި ޖެހި، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *