Tuesday, 28 July 2026

ޗެންނާއީއަށް ކުރި ވިއްސާރައިގައި 8 މީހުން މަރުވެއްޖެ

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ބާރުގަދަ ތޫފާނުގެ ސަބަބުން އަންދްރަ ޕްރަދޭޝްގެ ބަޕަޓްލާ ކައިރީގައި އޮންނަ ނެލޯރާއި މަޗިލިޕަޓްނަމްއަށް ތޫފާން "މިޗައުންގް" މިއަދު ހެނދުނު އަރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. މޫސުމާ ބެހޭ އިދާރާއިން ބުނާގޮަތުގައި މި ތޫފާންގެ ސަބަބުން ވޭތުވެދިޔަ ދެ ގަޑިއިރުގެ ތެރޭގައި އަންދްރަ ޕްރަދޭޝް، ޕުޑުޗެރީ އަދި ޓެމިލް ނާޑޫގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހުނެވެ.

ތޫފާންގެ ސަބަބުން ޗެންނާއީއަށް ބޯކޮށް ވާރޭވެހި، މަގުތައް ކޯރުތަކަކަށް ވަނީ ބަދަލުވެފަ އެވެ. އަދި ވެހިކަލްތައް އޮޔާ ގޮސް، ތައުލީމީ މަރުކަޒުތައް ބަންދުކުރަން ކަމާބެހޭ ފަރާތްތަކަށް ވަނީ މަޖުބޫރު ވެފައެވެ. މި ވިއްސާރައިގެ ސަބަބުން ވައިގަދަވެ ގަސްތަކާއި ފާރުތަކާއި ކަރަންޓް ހޮޅިތައް ވަނީ ވެއްޓިފައެވެ.

ޓެމިލް ނާޑޫގެ ވެރިރަށް ޓެމިލްނާޑޫގައި ވިއްސާރައިގެ ސަބަބުން ހިނގި ހާދިސާތަކުގައި އަށް މީހަކު ވަނީ މަރުވެފަ އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކަށް ފެންބޮޑުވުމުގެ ސަބަބުން ސިއްހީ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، މެޓްރޯ ސްޓޭޝަންތަކުގައި ފެންބޮޑުވުމުގެ މައްސަލަތައް ވެސް ވަނީ ފެންމަތިވެފަ އެވެ.

މީގެތެރެއިން އަޑިއަށް ގޮސްފައިވާ މަގެއް ހުރަސްކުރާ ކިނބުލެއްގެ ވީޑިއޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރަންޓު ކެނޑުމާއި އިންޓަނެޓަށް ބުރޫ އަރާފައިވެ އެވެ.

ތޫފާނުގެ ސަބަބުން ދަތުރުފަތުރުގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު، ގިނަ ރޭލުތަކާއި ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. ޗެންނާއީ އެއާޕޯޓުގެ ރަންވޭގައި ފެންބޮޑުވެފައި ވާއިރ ުމިއަދު ހެނދުނާއި ހަމަޔަށްވެސް ފްލައިޓްތައް މެދުކަނޑާލާފައި އޮތުމުން  ހަލަބޮލިވެ ފަސިންޖަރުންނަށް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން އެކްސް މެދުވެރިކޮށް އެންމެ ފަހުން ބުނެފައި ވަނީ ދެކުނު އަންދްރަ ޕްރަދޭޝްގެ ހުޅަނގު-މެދުން ބޭ އޮފް ބެންގާލް އާއި އެއާ ގުޅިފައިވާ އުތުރު ޓެމިލް ނާޑޫގެ އައްސޭރިފަށުގައި އުފެދިފައިވާ ތޫފާން "މިޗައުންގް" ފާއިތުވި 6 ގަޑިއިރުގެ ތެރޭގައި ހަތް ކިލޯމީޓަރުގެ ބާރުމިނުގައި އުތުރާއި ހުޅަނގު އުތުރުން ހުޅަނގަށް ދަތުރުކޮށްފައިވާ ކަމަށެވެ.

"ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް ގާތްގަނޑަކަށް އުތުރަށް ދަތުރުކޮށް، ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް ދަތުރުކޮށް، ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގެ (އަންގާރަ ދުވަހު) ފަތިހުގެ ވަގުތެއްގައި ބަޕަޓްލާ ކައިރީގައި އޮންނަ ނެލޯރާއި މަޗިލިޕަޓްނަމް އާ ދެމެދު ދެކުނު އަންދްރަ ޕްރަދޭޝްގެ އައްސޭރިފަށަށް އަރާނެ ކަމަށް ލަފާކުރެވޭ،" އައިއެމްޑީއިން ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *