Tuesday, 28 July 2026

ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި

އިސްރާއީލުން ވަށާލާފައިވާ އެންކްލޭވްގެ ދެކުނުގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަން އިތުރަށް ފުޅާކުރަން އިއުލާނުކުރުމާއެކު، ޣައްޒާގެ ޚާން ޔުނިސްގެ ސަރަޙައްދުތަކަށް އަމާޒުކޮށް ވަރުގަދަ ބޮމުގެ ޙަމަލާތަކާއި، ބަޑީގެ ޙަމަލާތައް ދޭންފަށައިފި އެވެ.

މިއަދު ފަތިހުގެ ހަމަލާއަށް ފަހު އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ޣައްޒާގެ އަވަށްތައް ކަމަށްވާ އަލް ޝުޖާއްޔާ އާއި އަލް ތުއްފާހްގައި ވެސް ބަޑީގެ ހަމަލާތައް ދަނީ ދެމުންނެވެ.

މީގެ ކުރިން ވެސް ވަނީ ފާއިތުވި ގަޑިއިރުތަކުގެ ތެރޭގައި ޚާން ޔުނިސްގެ އިރުމަތީ ފަރާތަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އަލްޖަޒީރާއިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެކުނުގައި އެޖަމާއަތުގެ އޮޕަރޭޝަންގެ މައި މަރުކަޒަކަށް ވާނީ ޚާން ޔޫނުސް ކަމަށް އިޒްރޭލު ސިފައިން އިންޒާރު ދީފައިވާ ކަމަށް ބުނެފަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *