Tuesday, 28 July 2026

ހުޅަނގު އައްސޭރީގައި ފަލަސްތީނު ޒުވާނަކު ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

އުމުރުން 21 އަހަރުގެ އަދުނާން އީސާމް ޒައިދު ޝަހީދުކޮށްލާފައިވަނީ މިއަދު ހެނދުނު އިސްރާއީލު ސިފައިން ބަޑިޖަހައި ކަމަށް ފަލަސްތީނުގެ ވާފާ ނިއުސް އެޖެންސީން ބުނެއެވެ.

އިޒްރޭލުން އަދުނާން ޝަހީދުކޮށްލާފައިވަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ކަލްކިލްޔާގައި އިސްރާއީލުން ހިންގި އޮޕަރޭޝަނެއްގައެވެ.

ހަނގުރާމަ ފެށުނީއްސުރެ ހިފާފައިވާ ހުޅަނގު އައްސޭރީގައި މިހާތަނަށް 250 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ކޮމިޝަން އޮފް ޑިޓެއިނިންސް އެފެއާޒްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް 3،400 އަށް ވުރެ ގިނަ މީހުން ވަނީ ބަންދުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *