Tuesday, 28 July 2026
A Palestinian man holds his daughters, Shada and Lama al-Ejla, who were injured in an Israeli tank attack, as he leaves al-Shifa hospital on July 18, 2014 in Gaza City. Israel warned it could broaden a Gaza ground assault aimed at smashing Hamas's network of cross-border tunnels, as it stepped up attacks that have killed more than 260 Palestinians. AFP PHOTO / MAHMUD HAMS (Photo credit should read MAHMUD HAMS/AFP/Getty Images)

ޢައްޒާއަށް ރޭ ދިން ހަމަލާތަކުގައި ގިނަ އަދަދަކަށް ކުޑަކުދިން ޝަހީދުކޮށްލައިފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ރޭ ދިން ހަމަލާތަކުގައި އެކަނިވެސް ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް ޝަހީދުވެއްޖެ އެވެ.

އެގޮތުން ރޭގައި އިސްރާއިލުން ވަނީ ޢައްޒާގެ އާންމުން ދިރިއުޅޭ ގެއަކަށް ހަމަލާދީފަ އެވެ. މި ހަމަލާތަކުގައި 17 އާއި ގާތްކުރާ ވަރަށް މީހުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ނިއުސް އެޖެންސީ، ވާފާއިން ރިޕޯޓްކޮށްފައި ވެއެވެ.

މި ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންކަމަށްވެސް މި ވާފާއިން ހާމަކޮށްފައިވެއެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެ އާ ހަމައަށް ޣައްޒާއިން ޝަހީދުވި އަދަދު 6،000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 15،000 އަށްވުރެ ވަނީ މަތިވެފައެވެ.

މިހާރު އިސްރާއީލުން ނިންމާފައި ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. އެކަމަށް ތައްޔާރީތައްވެސް ވަނީ ވެފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *