Tuesday, 28 July 2026

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން، "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ ހެނދުނު ރާއްޖެ އައި ފުރަތަމަ ފްލައިޓްގައި 200 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ވާޖިން އެޓްލާންޓިކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ލަންޑަންގެ ހީތުރޫ އެއާޕޯޓާ ދެމެދުގައި ހަފްތާއަކު ތިން ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވާޖިން އެޓްލާންޓިކްގެ ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިނގިރޭސިވިލާތުގެ ހީތްރޯ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަދި ބޯއިން 787 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން ހަފްތާއަކު ތިން ފްލައިޓް ރާއްޖެއަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެ އެއާލައިނުން ރާއްޖެ އަށް ދަތުރު ކުރާ ބޯޓުގައި އަޕާ ކްލާސްގެ 31 ސީޓާއި ޕްރީމިއަމް ކްލާސްގެ 35 ސީޓާއި އިކޮނޮމީ ކްލާސްގެ 192 ސީޓު ހުރެއެވެ. ވާޖިން އެޓްލާޓިކްގެ އަޕާ ކްލާސްގައި ދަތުރު ކުރާ ފަރާތްތަކަށް އޮށޯވެ އޮތުމަށް އެނދެއް ލިބޭ އިރު، އޮންބޯޑް ބާއެއްގެ އިތުރުން އިށީނުމަށް ލަގްޒަރީ ގޮނޑި ވެސް ލިބޭނެއެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ބްރިޓިސް އެއާވެސް އިން ގެންދަނީ ރާއްޖެއަށް ސީދާ ދަތުރުތަކެއް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *