Tuesday, 28 July 2026

"ބިއޯންޑް" އެއާލައިން ތައާރަފްކޮށް، ފުރަތަމަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފި!

ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިން ލޯންޗުކޮށް ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ ފުރަތަމަ މަތީ ފަންތީގެ ލެޝާ އެއާލައިން ކަމަށްވާ ބިއޯންޑް އެއާލައިން ރަސްމީކޮށް ލޯންޗްކޮށްފައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ވެސް ބައިވެރިވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ.

"ބިއޯންޑް" މިއަދު ލޯންޗްކޮށް، ބޭއްވި ރަސްމިއްޔާތުގައި ސިމްޑީ ގްރޫޕުގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ އަލަށް ލޯންޗު ކުރި ލަގްޒަރީ އެއާލައިނަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދާނެ ކަމެއް ކަމަށެވެ. އަދި މި އެއާލައިނުން  ދިވެހިންނަށް 1،500 އެއްހާ ވަޒީފާގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށާއި، މިހާރު ވެސް ގިނަ ދިވެހިންތަކަކަށް ފުރުސަތު ދީފައިވާކަމަށް ޑރ. ޝަކީލާ ވަނީ ވިދާޅުވެފަ އެވެ.

ބިއޯންޑްގެ ކޮމާޝަލް އޮޕަރޭޝަންތައް ކުރިއަށް އޮތް ނޮވެމްބަރު މަހު ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އެގޮތުން ބިއޯންޑްގެ ވެބްސައިޓު މެދުވެރިކޮށް މިހާރުން ފެށިގެން ބުކިން ހެއްދޭނެއެވެ. އެންމެ ފުރަތަމަ ދަތުރުކުރަން ހަމަޖެހިފައި ވަނީ ތިން މަންޒިލަކަށެވެ. އެއީ:

  • ސައުދީ އަރަބިއްޔާ، ރިޔާދު (ފުރަތަމަ ދަތުރު ނޮވެމްބަރު 9ގައި)
  • ޒިއުރިކް، ސްވިޓްޒަލެންޑް (ފުރަތަމަ ދަތުރު ނޮވެމްބަރު 17ގައި)
  • މިއުނިކް، ޖާމަނީ (ފުރަތަމަ ދަތުރު ނޮވެމްބަރު 15ގައި)

ބިއޯންޑްގެ މެއިން ފައުންޑާ އަދި ޗީފް ސްޓްރެޓިޖީ އޮފިސަރު، މެކްސް ނިލޯވް ވިދާޅުވީ މި އެއާލައިނުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މި އެއާލައިނަކީ ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތެއްކަން ފާހަގަކުރެއްވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *