މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ނިންމާ، ދެބައިކުޅަ އެއްބައި ވޯޓު ފޮށި ގުނައިފި އެވެ.
މިހާތަނަށް 328 އަށްވުރެ ގިނަ ވޯޓުފޮށި ގުނިއިރު 54 އިންސައްތަ އާއެކު ކުރީގައި އުޅެނީ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު މުއިއްޒުއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށް އަދި ލިބިލައްވާފައިވަނީ 45.8 އިންސައްތަ ވޯޓެވެ.
މިހާތަނަށް ގުނި ވޯޓުތަކުގެ ނަތީޖާތައް ދައްކާ ގޮތުން މުއިއްޒު ދަނީ ބޮޑު ތަފާތަކުން ކުރި ހޯދަމުންނެވެ. މި ނަތީޖާއަކު ގިނަ ބަޔަކު އަންނަނީ މީސް މީޑިޔާގައި މުއިއްޒުއަށް މަރުހަބާ ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ ބެލެވޭ ގޮތުގައި މާދަމާގެ ވަގުތެއްގައި އިއުލާން ކުޜާނެއެވެ.


