Tuesday, 28 July 2026
ފޮޓޯ: ސަން މީޑިޔާ

4 ޕަސެންޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރެއް ނުވޭ- ޓްރާންސްޕޭރަންސީ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު، ބައެއް މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

މިއަދު ވޯޓުލުން ފެށި ގޮތާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނެއްގައި ވަނީ ވޯޓުލާ ފޮށިތަކުގެ 96 ޕަސެންޓް މަރުކަޒު ތައްޔާރުކޮށްފައި ވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމަށެވެ. ނަމަވެސް ބާކީ ހަތަރު ޕަސެންޓު މަރުކަޒުތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުނުވާ ކަމަށް ޓްރާންސްޕޭރެންސީގެ އޮބްޒާވަރުންނަށް ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި ވޯޓުލުން ފެށިފައި ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށެވެ. އެގޮތުން ހުރިހާ ވޯޓު ފޮއްޓެއްވެސް 9:00 ޖެހުމުގެ ކުރިން ހުޅުވާފައިވާ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފަ އެެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *