Tuesday, 28 July 2026

އަންނަ އާދިއްތަ ދުވަސް ބަންދު!

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އަންނަ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށްވުމާ އެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ، އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދުމުން ކަމަށެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ. އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމަށް އަބަދުވެސް އެ ދެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.

އިއްޔެ އާއި މިއަދުވެސް ސަރުކާރުން ވަނީ ބަންދުދުވަސްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އަދި އަންނަ ހަފުތާގެ އާދިއްތަވެސް ބަންދު ކުރުމުން ސަރުކާރު މުވައްޒަފުނަށް ބަންދުގެ ގޮތުގައި ފަސް ދުވަސް ލިބޭނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *