Tuesday, 28 July 2026

ފުލެޓްގެ ދާއިމީ ލިސްޓް ނެރެ، ޝަކުވާއަށް ހުޅުވާލައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެ، ޝަކުވާއަށް ހުޅުވާލައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށް އެދި 20،000 އަށްވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ. އޭގެ ތެރެއިން 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ވަނީ ހަމަވެފައެވެ.

ފުލެޓަށް އެދި ހުށަހެޅި މީހުންގެ ދާއިމީ ލިސްޓް އާންމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް ނެރުނީ މިމަހުގެ އަށްވަނަ ދުވަހު ކުރިން ނެރުނު ވަގުތީ ލިސްޓަށް ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ދާއިމީ ލިސްޓަށް އިތުރު ޝަކުވާއެއް އޮތް ނަމަ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ސަރުކާރުގެ 'ބިންވެރިޔާ' ސްކީމާއި 'ގެދޮރުވެރިޔާ' ސްކީމުގެ ދެވަނަ ފިޔަވަހީގެ ދަށުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން އިތުރު 4،000އަށް ވުުރެ ގިނަ ގޯއްޗާއި 8،000 ފްލެޓަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ގޯތި ލިބުނު ބައެއް މީހުންނަށް މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *