Tuesday, 28 July 2026
ގެއްލިގެން ހޯދާ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ)

ގެއްލިގެން ހޯދަމުންދިޔަ ނާތިފް ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި ޒުވާނަކު ހަފުތާއެއް ފަހުން ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުންދިޔަ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) ފެނުނީ ރޭގެ ވަގުތެއްގައި މާލެއިންނެވެ.

މިއަދު ފުލުހުން ބުނީ އޭނާ ރޭ މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް އެ ކަމާ ބެހޭ އިތުރު ތަފުސީލެއް އަދި ހާމަކޮށްފައިނުވެއެވެ.

ފުލުހުން މީގެ ކުރިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން 28 އަހަރުގެ އެ މީހާ މިހާރު ދިރިއުޅެނީ މާލޭގައެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ 15އިގައެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *