Tuesday, 28 July 2026

އީވާ ބައްޕަގެ ތާއީދު ރައީސް ސޯލިހަށް

ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާގެ ބައްޕާފުޅު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީއިން ވަކިވެވަޑައިގެން، މިހާރު ދަ ޑިމޮކްރެޓްސް އާއި އެކުގައި މަސައްކަތް ކުރައްވަމުންދާ އީވާގެ ބައްޕާފުޅު ޅ. ހިންނަވަރު، ދޭލިޔާގެ އަބްދުالله މުހައްމަދު (ދޭލިޔާ) ގެންދަވަނީ ރައީސަށް ތާއިދު ހޯއްދެވުމަށް ވ. އަތޮޅަށް ވަޑައިގެން، އެ އަތޮޅުގެ ބައެއް ރަށްތަކުގައި ކެމްޕެއިން ކުރައްވަމުންނެވެ.

ރާއްޖޭ ރިސޯޓުވެސް ހިންގަވާ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ ދޭލިޔާ ގެންދަވަނީީ އެމްޑީޕީގެ ޖަލްސާތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ.

އީވާގެ ބައްޕާފުޅު ރައީސްއަށް ތާއީދުކޮށްފައިވާއިރު، އެކަމަނާ ނިސްބަތްވާ ޕާޓީ ދަ ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ އިންތިހާބުގެ ދެ ވަނަ ބުރު އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *