Tuesday, 28 July 2026
ގެއްލިގެން ހޯދާ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ)

ޒުވާނަކު ގެއްލިގެން ހޯދަނީ!

މާލެއިން ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ ހދ. މަކުނުދޫ، ސިތާރާމަންޒިލް، ނާޠިފް ޢަބްދުއްސަލާމް (28އ) އެވެ.

ފުލުހުން ބުނީ ނާޠިފް ޢަބްދުއްސަލާމްގެ ހަބަރެއް އާއިލާއަށް ނުވެގެން ސެޕްޓެމްބަރު 17 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެެ. އޭނާ މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމަށް އާއިލާއިން ބުނެއެވެ.

އާއިލާއާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ އޭނާ އެންމެފަހުން ފެނުނުއިރު ލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއް ކަމަށެވެ.

ފުލުހުންވަނީ ނާޠިފް އަބްދުއްސަލާމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *