Tuesday, 28 July 2026

ގަވާއިދާއި ހިލާފަށް ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޯޓެއް ހިފަހައްޓައިފި

ޤާނޫނާއި ހިލާފަށް ދިވެހިރާއްޖޭގެ ހާއްސަ އިޤްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފުން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މިއަދު އެމްއެންޑީއެފް ކޯސްޓް ޝިޕް ޢާޒީގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އަވަށްޓެރި ސްރީލަންކާގެ މަސްބޯޓެކެވެ.

އިއްޔެވެސް ވަނީ ހަމަމިގޮތަށް ޤަވާއިދާއި ހިލާފަށް ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަމު ނިކުމެ އުޅުނު ލަންކާގެ 4 މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. މިއީ އެމްއެންޑީއެފަށް ލިބުނު މައުލޫމާތެއްގެ ދަށުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގަތް ބޯޓުތަކެކެވެ.

މިއަދު ހިފެހެއްޓި މަސްބޯޓް ކޯސްޓްގާޑްގެ ބެލުމުގެދަށުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *