Tuesday, 28 July 2026

ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ތަޅުމަށް ހާޒިރުނުވާތީ، މަޖިލީހުގެ ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުފެށި ދިގުލައިގެން ގޮސްފިއެވެ.

ޖަލްސާ ފަށަން އޮތީ މިއަދު ހެނދުނު 9:00 ގަ އެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވެނީ ޖަލްސާ ފަށާއިރު 22 މެންބަރު ހާޒިރުވުމުންނެވެ.

ޖަލްސާ ފެށުމާ އެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯރަމް ހަމަނުވުމުން އިތުރަށް ބައި ގަޑިއިރު ކޯރަމް ހަމަވޭތޯ މަޑުކުރައްވައިފައެވެ.

ނަޝީދު ވަނީ މަޖިލީހުގެ ތަޅުމަށް މެންބަރުން ވަޑައިނުގެންނެވި ނަމަވެސް މަޖިލީހުގެ ގޯތިތެރޭގައި ބައެއް މެންބަރުން ތިއްބެވި ކަމަށް ވިދާޅުވެފަ އެވެ.

"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް އެބަ ތިއްބެވި ކުޑަދަށުގައި. އަޅުގަނޑު އަނެއްކާވެސް މަސައްކަތްކުރާނަން އެބޭފުޅުންނާ ވާހަކަ ދައްކައިގެން މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ 56 މެންބަރުން ތިއްބަވާ އިރު ނަޝީދު ވަނީ މަޖިލީހުގައި، މިއަދުގެ ޖަލްސާއަށް ގިނަ މެންބަރުން ވަޑައިނުގަންނަވާ ކަން ފާހަގަކުރައްވައި، އެކަން ހައްލުކޮށް ދެއްވުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އަރިހުން އެދިވަޑައިގަތްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *