Tuesday, 28 July 2026

47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅައިފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓަށް ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ހުކުރު ދުވަހު އެވެ. އެ ފުރުސަތު އިއްޔެއަށް ހަމަވެފައިވާއިރު 47،000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަނުން ބުނިގޮތުގައި ލިބިފައި ހުރި ފޯމުތަކުގެ ތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު މިހާރު ވެސް ވަނީ ރީ-ރަޖިސްޓްރީ ކޮށްދީފަ އެވެ. ބާކީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް، މުޅި ލިސްޓު ޝަކުވާއަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.

މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަކުރި މިންވަރަށް ވުރެ 7،000 މީހުން ގިނަ އަދަދެކެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *