Tuesday, 28 July 2026

ރީ-ރަޖިސްޓްރީ ވެވޭނެ ސުންގަޑިއަކީ މިއަދު ހަވީރު 4:00 އަށް

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން ރީ-ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މިއަދު ހަވީރު 4:00ގެ ކުރިން ފޯމު ހުށަނާޅައިފިނަމަ  ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ފުރުސަތު ލިބުން ނާދިރު ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިންތިހާބުގެ ދެވަނަ ދައުރަށް ރީ-ރަޖިސްޓްރީ ވާން އިލެކްޝަނުން ހުޅުވާލީ މިމަހުގެ 15،16 އަދި 17 ވަނަ ދުވަހަށެވެ. މިތަނުން ދެ ދުވަސް ފާއިތުވެފައިވާއިރު މިހާތަނަށް ރީ-ރެޖިސްޓްރީވުމަށް އެދި 25،000 ފޯމު ހުށަހަޅާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފއެވެ. އެގޮތުން ދެ ވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް މިދިޔަ ހުކުރު ދުވަހު ހުޅުވައިލުމުން އެ ދުވަހު އެކަނިވެސް 9،206 ފޯމު ލިބުނު ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އިއްޔެ، 18،349 މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހެޅި އިރު، ދެ ދުވަސް ތެރޭ ޖުމްލަ 25،493 މީހުން ރީ-ރަޖިސްޓްރީ ވާން ވަނީ ހުށަހަޅާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ މީހުންގެ އަދަދު މީގެ ކުރިން ބޭއްވި އިންތިހާބުތަކާއި އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑުތަން ވަނީ ދަށްވެފަ އެވެ. އެހެންކަމުން އިލެކްޝަނުން ދަނީ ވީހާވެސް ގިނަ ބަޔަކު ދުރާލާ ރީ-ރެޖިސްޓްރީވެ އަދި ވޯޓުލާން ހަމަޖެހިފައިވާ ތަން ބެލުމަށް އިލްތިމާސް ކުރަމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *