އިއްޔެއިން ފެށިގެން ހުޅުމާލޭ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ މީހާ ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ރޭ ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން މިއަދު ހޯދަން އިއުލާންކޮށްފައިވަނީ މިހާރު ސްޓެލްކޯ ޓަވަރުގައި ދިރިއުޅެމުންދާ ހއ. ދިއްދޫ / ގުލްފާމްގެ،އިސްމާއީލް މާހިރު (50އ) އެވެ.
މާހިރު މިއަދު 16:40 ހާއިރު މާލެއިން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ފެނުނުއިރު މާހިރުގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއެވެ.


