Tuesday, 28 July 2026
ގެއްލިގެން ހޯދަމުންދާ އިސްމާއިލް މާހިރު: ފޮޓޯ- މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލެ، ފޭސް ދެއަކުން މީހަކު ގެއްލިގެން ހޯދަނީ!

ހުޅުމާލެ، ފޭސް ދޭއްގައި ދިރިއުޅެމުންދާ މީހަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަ ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ގުލްފާމްގޭ އިސްމާއިލް މާހިރު 50 އ. އެވެ. މާހިރު މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، ފޭސް ދޭއްގައި ހުންނަ ސްޓެލްކޯ ޓަވަރުގަ އެވެ.

މާހިރުގެ އާއިލާއާއި ހަވާލާދީ ފުލުހުން ވަނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ ހުކުރަށް ދާން ގެއިން ނުކުތްއިރުކަމށް ބުނެފަ އެވެ. އަދި އޭގެފަހުން މާހިރުގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:08ގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މާހިރު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ހުދުކުލައިގެ ގަމީހެކާއި، ނޫ ކުލައިގެ ޖިންސެކެވެ.

ފުލުހުން ވަނީ މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފޭސް 2 ޕޮލިސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅާ ހިއްސާ ކުރުމަށް އެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *