Tuesday, 28 July 2026
ހައިވޭގައި ހަރުކޮށްފައި ހުރި ބައެއް ސޯލާ ޕެނަލްތައް

ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެތަނުގައި ހުރި ސޯލާ ޕެނަލްތަކަކަށް ގެއްލުންވެއްޖެ އެވެ.

މިއަދު ހެނދުނު 7:00 އެހާކަށްހާ އިރު މި އެކްސިޑެންޓް ހިނގީ ބްރިޖް ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލުން ނެއްޓިގެންނެވެ.  މި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރާއި އަށާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައި ވާކަމަށެެ. ލިބުނު ގެއްލުމުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެކުރިންވެސް ހިނގި ބައެއް އެކްސިޑެންޓްތަކުގައި މި ސޯލާ ޕެނަލްތަކަށް އެކިވަރުގެ ގެއްލުންވެފައި އެބަހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *