ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ އެކެވެ. އަދި އެމީހާ އަކީ މިއަދު ހެނދުނު ދުވަން ނުކުމެ އުޅުނު މީހެއްކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މީހާ ފެނިފައިވަނީ ހުޅުމާލޭ އުނިގަސް މަގަށް ވެއްޓިފައި އޮއްވައެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އެއީ ކާކުކަން އަދި ދެނެގަނެވިފައެއް ނުވެ އެވެ.


