Tuesday, 28 July 2026

އޮބްޒާވަރަކާއި މަންދޫބެއް އީސީއިން ސަސްޕެންޑްކޮށްފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީއެއް ތަމްސީލު ކުރި އޮބްޒާވަރަކާއި މަންދޫބެއް، ބޭރުގެ އޮބްޒާވަރުންތަކަށް ފުރައްސާރަ ކުރުމުން އިލެކްޝަންސްއިން ދެ މީހެއް ސަސްޕެންޑް ކޮށްފިއެވެ.

އިލެކްޝަންސް މިރޭ ބުނެފައިވަނީ، ރިޔާސީ އިންތިހާބު އޮބްޒާވު ކުރުމަށް އިލެކްޝަންސް ދައުވަތަކަށް ރާއްޖެ އައިސްފައިވާ ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްސީލްކުރި ދިވެހި އޮބްޒާވަރަކާއި، މަންދޫބެއް، ފުރައްސާރަކޮށް، ސުލޫކީ މިންގަނޑާ ހިލާފު ވެފައިވާ ކަމަށެވެ. މިމައްސަލަ ބަލާ އެ ދެ މީހުން ސަސްޕެންޑު ކުރުމަށް މިއަދު ބޭއްވި އިންތިހާބާއި ބެހޭ ހާއްސަ ޖަލްސާއި ނިންމާފައިވާ ކަމަށެވެ.

އެ ދެ މީހުން ސަސްޕެންޑް ކުރުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަދި ކުރިއަށް ބޮޑު ދެ އިންތިހާބުގައިވެސް އެ ދެމީހުންނަށް އޮބްޒާވަރެއް ނުވަތަ މަންދޫބެއް، ނުވަތަ މޮނީޓަރެއް ނުވަތަ އެނޫންވެސް އިލެކްޝަންގެ އޮފިޝަލެއްގެ ގޮތުންވެސް ހަރަކާތްތެރި ނުވެވޭނެއެވެ. އެގޮތުން އެ ދެ މީހުން ސަސްޕެންޑް ކުރުމުން، ބަދަލުގައި އެހެން ދެ މީހަކަށް އެ ޕާޓީ ތަމްސީލު ކުރުމަށް ފުރުސަތު ދިނުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިގޮތަށް ނިންމިއިރު މިއީ ކޮން ޕާޓީއަކަށް ނިސްބަތްވާ އޮބްޒާވަރަކާއި މަންދޫބެއް ކަމެއް ކޮމިޝަނުން ހާމަކޮށްފައި ނުވެއެވެ. އަދި މި ހާދިސާ ހިންގާފައިވަނީ ކޮން ތަނެއްގައި ބެހެއްޓިފައި ހުރި ވޯޓު ފޮށްޓެގައި ކަަންވެސް ކޮމިޝަނުން ހާމަ ނުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *