Tuesday, 28 July 2026
މޮރޮކޯއަށްބާރުގަދަ ބިންހެލުމެއް އައުން

މޮރޮކޯ އަށް ބާރުގަދަ ބިންހެލުމެއް، މިހާތަނަށް 600 އަށްވުރެ ގިނަ މަރު

މޮރޮކޯއަށް އައި ބާރުގަދަ ބިންހެލުމުގައި މަދުވެގެން 632 މީހުން މަރުވެ، 329 މީހުން ޒަޚަމްވެފައިވާކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ. ހުކުރު ދުވަހުގެރޭ ގާތްގަނޑަކަށް އެގައުމުގެ ގަޑިން 11 ޖެހިއިރު އައި  ރެކްޓަރ މިންގަނޑުން 6.8 ގައި ރެކޯޑް ކުރެވިފައިވާ މި ބިންހެލުމާގުޅިގެން ސުނާމީއެއް އެރުމުގެ ނުރަށްކަލެއްނެތްކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނާގޮތުގައި ބިންހެލުން އައިސްފައިވަނީ ބިމުގެ ފަށަލައިން 18.5 ކިލޯމީޓަރ އަޑިއަށެވެ. ބިންހެލުމެގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ މަރަށްކޭޝްގެ ހުޅަނގުން 75 ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބަކަށެވެ.

މި ބިންހެލުމާއިއެކު ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓި، އެތައްބަޔަކުވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ. މޮރޮކޯގެ ދާޚިލީ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، މަރުވެފައިވާ މީހުންގެ އަދަދު އިތުރުވެގެންގޮސްދާނެކަމަށް ލަފާކުރެވެއެވެ. މަރަށްކޭޝްގެ އިތުރުން އަލް-ޙައުޒާއި، ވަރްޒާޒާތާއި، އަޒީލާލާއި، ޝީޝާވަތު އަދި ތަރޫދާނަށް ވެސް ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގައި އެ ވުޒާރާއިން ބުނެއެވެ.

އެންމެފަހުން މޮރޮކޯއަށް ބިންހެލުމެއް އަސްފައިވަނީ 2004 ވަނަ އަހަރެވެ. ރެކްޓަރ މިންގަނޑުން 6.3 ގެ އެ ބިންހެލުމުގައި 631 މީހުން މަރުވެ ބޮޑެތިގެއްލުންތަކެއް ލިބިފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *