ހިޔާ ފްލެޓްތަކުން މިއަދު ކަރަންޓް ކަނޑާނެކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރު ސްޓެލްކޯއިން ދޮގުކޮށް ބަޔާނެއް ނެރެފި އެވެ.
ސްޓެލްކޯއިން އިން ބުނިގޮތުގައި އެ ކުންފުނީގެ ކަރަންޓް ވިއުގައަށް ގެންނަން ޖެހޭ އަޕްގްރޭޑްތައް ގެނައުމުގެ ބޭނުމަށް އެއްވެސް ސަރަހައްދަކުން ކަރަންޓް ކަނޑާލާނަމަ، އަބަދުވެސް އަމަލުކުރަމުން އަންނަ އުސޫލުގެމަތިން އެކަން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް އަންގާނޭކަމަށެވެ. އަދި ސޯޝަލް މީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެންވެސް ދާނީ އަންގަމުންކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

އެހެންކަމުން ސްޓެލްކޯއިން މިފަދައިން އަންގާފައިނުވާއިރު އިންތިހާބުގައި ވޯޓުލާނެ އެތައް ބައެއްގެ ހައްޤަށް ދަތިވާގޮތަށް އެކުންފުނިން އަމަލުކުރާނެކަމަށް ބުނެ އެފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ޒިންމާދާރުކުޑަ އަމަލެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ހަބަރު ސްޓެލްކޯއިން ވަނީ ދޮގުކޮށްފަ އެވެ.
މިއަދު މާލޭ ސަރަހައްދުގެ އެއްވެސް ސަރަހައްދުގެ އެއްވެސް ތަނަކުން ކަރަންޓް ކެނޑުމަށް ތާވަލްކޮށްފައި ނުވާކަން ސްޓެލްކޯއިން ވަނީ ހަމަކޮށްފަ އެވެ.
ސްޓެލްކޯއިން ވަނީ އެ ކުންޏާއި ބެހޭގޮތުން މިފަދަ ހަބަރުތައް ލިޔާއިރު، ޒިންމާދާރުވެ ކުންފުނީގެ ބަސް ހޯދުމަށްވެސް އިލްތިމާސްކޮށްފަ އެވެ.


