Monday, 26 October 2026
ފޮޓޯ؛ އެމްޓީސީސީ

ހއ. ދިއްދޫގައި އާރްޓީއެލްގެ ހިދުމަތް ފަށައިފި

ހއ. ދިއްދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ދެމުން އަންނަ ބަހުގެ ހިދުމަތް ފަށައިފި އެވެ.

މިއަދު ފެށި މި ހިދުމަތާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ އެ ރަށުގައި ބަހުގެ ހިދުމަތް ދޭނީ ދެ ބަސް ބޭނުންކޮށްގެން ކަމަށެވެ. މިއީ 22 ސީޓާއި 10 މީހުންނަށް ކޮޅަށް ތިބެވޭނެ ބަސްތަކެވެ. އެގޮތުން ކޮންމެ ބަހެއްގައި 32 މީހުންގެ ޖާގަ ހުންނާނެ އެވެ.

އެމްޓީސީސީން ބުނީ ދިއްދޫގައި ބަހުގެ މިއަދު ފެށުމަށް ފަހު ހަފުތާ ވަންދެން މުޅިން ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ގަނެގެން ދަތުރު ކުރެވޭނެ އެވެ.

ދިއްދޫގައި ބަހިހެ ހިދުމަތްދޭ އިރު، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއ،ި ސްކޫލް ދަރިވަރުންނާއި ހާއްސަ އެހީއަށް
ބޭނުންވާ މީހުންގެ އިތުރުން އިތުރުން 65 އަހަރުން މަތީގެ މީހުންނަށް އަބަދު ވެސް ހިލޭ ދަތުރު ކުރެވޭނެ އެވެ.

އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ފެށީ މިދިޔަ އަހަރު އެވެ. އަދި މި މި ނިޒާމުގެ ތެރެއިން ފެރީން މުޅި ރާއްޖެ ގުޅައިލުމުގެ މަސައްކަތް ވެސް އަންނަނީ ކުރެވެމުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *