މިއަދު ހެނދުު 9:00ގައި ހދ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ. މި ސަމާލުގެ މުއްދަތު ހަަމަވާނީ މިއަދު މެންދުރު ފަހު 14:00 އަށެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މީގެއިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.


