ފޮޓޯ؛ ނައުޝަމް ފޮޓޯގްރަފީ
ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި ޝަހީދުވި، ހުސެއިން އާދަމްގެ ބައްޕަ މިއަދު ނިޔާވެއްޖެ އެވެ.
ކުޅުދުއްފުށީގައި އަބަދު ވެސް ދިރިއުޅުއްވި، އާދަމް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ފަހުންނެވެ. އޭނާ ނިޔާވީ ކުޅުދުއްފުށި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.
އުމުރުން 19 އަހަރުގައި ހުސައިން އާދަމް ޝަހީދުވީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާ ބަޔަކު ރާއްޖެ އަރައި ހިންގި އުދުވާނުގައި، ސިފައިންގެ މައި އިމާރާތު ހިމާޔަތް ކުރުމަށް ރައްދުގައި ހަމަލާ ދެމުންދަނިކޮށެވެ.


