Tuesday, 28 July 2026

ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އުސްމާން އަބްދުﷲ ރޭ ފަތިހު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުސްމާން އަބްދުﷲ އަވަހާރަވީ ފަތިސް ނަމާދަށް ތައްޔާރުވިތަނާ އެވެ. އުސްމާން އަބްދުﷲ އަވަހާރަވިއިރު އުމުރުފުޅަކީ 85 އަހަރެވެ.

ށ. މަރޮއްޓަށް އުފަން އުސްމާން އަބްދުﷲ އަކީ އޭނާގެ އުމުރުގެ ވަރަށް ކުރީކޮޅުން ފެށިގެން ދީނީ މައުލޫމާތު ފެތުރުއްވުމުގަ އާއި އިސްލާމްދީނުގެ ކަންކަން ދިވެހިންނަށް ދަސްކޮށްދެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި އިލްމުވެރިއެކެވެ. ހާއްސަކޮށް ޒަކާތާ ބެހޭ ކަންކަން އޮޅުން ފިލުވުމައި ދިނުމުގައި އޭނާ އަދާކުރައްވާފައި ވަނީ މިހާތަނަށް އެއްވެސް ދިވެއްސެއްހެ ފަރާތުން ނުފެންނަ ވަރުގެ މުހިންމު ދައުރެކެވެ.

އާންމުންގެ މެދުގައި އުސްމާން އަބްދުﷲ ބޮޑަށް މަޝްހޫރު ވެފައި ވަނީ ވެސް ޒަކާތާ ބެހޭ ކަންކަން އޮޅުން ފިލުވައި ދެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ޒަކާތް ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ފޮތްތައް ލިޔުއްވައި މިސްކިތްތަކުގައި އެ މައުލޫއުގެ މައްޗަށް ވަރަށް ގިނައިން އޭނާ ދަރުސް ދެއްވި އެވެ.

އަދި އިސްލާމް ދީނަަށާއި، އަދި ދިވެހި ސަރުކާރަށް ދިގު މުއްދަތެއްގައި ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިލްމުވެރިއެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޓީވީންނާއި ރޭޑިއޯއިން ތަފާތު ދީނީ ދަރުސް ދެއްވުމާއި، ޒަކާތާއި ބެހޭ މައުލޫމާތު ފޯރުކޮށްދެއްވުން ފަދަ ކަންކަން ކުރައްވާފައިވާއިރު، މަދަރުސަތުލްދިރާސާތިލްއިސްލާމިއްޔާގެ އެކިއެކި ކޯސްތަކުގައި އޭނާ ކިޔަވާ ދެއްވި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޝެއިހް އުސްމާންގެ ކަށުނަމާދު އޮތީ މިއަދު އަސްރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *