Tuesday, 28 July 2026

ރޯގާގެ ސަބަބުން ރައީސްގެ ކެމްޕޭން ދަތުރު ކުރުކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެނގިފައިވާ ގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ދަތުރުފުޅުތައް ކުރުކޮށްލެއްވީ އަރިދަފުސްރޯގާގެ އާލާސްކަންފުޅަކާ އުޅުއްވާތީ އެވެ.

އއ. އަތޮޅަށާއި އދ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅުއިއްޔެ ފެއްޓެވި އިރުވެސް ރައީސް ޞާލިހު އުޅުއްވީ އާލާސްކަންފުޅާ އެވެ. އެގޮތުން ރޯގާގެ ސަބަބުން އެމަނިކުފާނަށް ވާހަކަފުޅު ދެއްކެވުމުގައިވެސް ދަތިތަކާއި ކުރިމަތިވެވަޑައިގެންނެވި އެވެ. ރައީސްގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގެންން ސިއްހީ ހާލަތު ރަނގަޅުވަންދެން އަރާމު ކުރައްވަން މިހާރު ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޞާލިހު އިއްޔެ އއ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކުރެއްވި އެވެ. އެގޮތުން އަވަސް ކުރު ދަތުރުތަކެއް ކުރެއްވީ ތޮއްޑޫ، ރަސްދޫ، ބޮޑުފޮޅުދޫ، މަތިވެރި، މާޅޮސް، ފެރިދޫގެ އިތުރުން އުކުޅަހަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *