Tuesday, 28 July 2026
އަހުމަދު ފާރިސް މައުމޫނާއި ރަނިންމޭޓް ޑރ. ސައްތާރުގެ މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ފާރިސްގެ ވައުދު: ޖީއެސްޓީ 3 ޕަސެންޓަށް ކުޑަކުރާނަން

ވެރިކަން ލިބިއްޖެނަމަ ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޖީއެސްޓީ 3 އިންސައްތައަށް ކުޑަކުރާނެކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯގައި ހުށަހަޅައިފި އެވެ.

ފާރިސްގެ ޓީމުން ލޯންޗްކުރި މި މެނިފެސްޓޯގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރައްޔިތުންނަށް ބޮޑުވެފައި އޮތް ޓެކްސްގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ޓެކްސް ނިޒާމު ދިރާސާކޮށް ތިން ޕަސެންޓަށް ޖީއެސްޓީ ކުޑަކުރަން ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.

މީގެއިތުރުން ރާއްޖޭގެ ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި އިތުރަށް ފުޅާކުރަން ކޮށްދޭނެ ކަންކަމާއި ގެސްޓް ހައުސްތަކުން ނަގާ ޓެކްސް ކުޑަކުރަން ވެސް ހިމަނާފައިވެ އެވެ. އަދި މުޅިން އަލަށް ރާއްޖޭގައި ރިސޯޓުތައް ގިންތި ކުރަންވެސް ހުށަހަޅާފައިވެ އެވެ.

ފާރިސްގެ މެނިފެސްޓޯއިން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވަނީ ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބެލޭގޮތަށް އޮންނާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބަރަހަނާ ސައިޓްތައް ބްލޮކްކުރަން ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވުމަށެވެ. މިއީ މިހާރުވެސް އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *