Tuesday, 28 July 2026
ހުޅުމާލޭގައި ހުންނަ ޖަލު -- ފޮޓޯ ރާއްޖެ.އެމްވީ

ގައިދީއަކު ހިތް ހުއްޓިގެން މަރުވެއްޖެ

ހުލުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ ބ. ތުޅާދޫ، ބޯދި، އިސްމާއިލް އަބޫބަކުރު، 55 އ، އެއް ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މެއަށް ތަދެއް އަރައިގެން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.

އޭނާގެ ހާލަތު އިތުރަށް ގޯސްވެ އެމެޖެންސީއަށް ބަދަލުކޮށް ފަަރުވާދެމުން ދަނިކޮށް އޭނާ މަރުވީ އިއްޔެގެ މެންދުރުފަހު 3:25 ހާއިރު އެވެ.

ޑޮކްޓަރުންނާ ހަވާލާދީ ކަރެކްޝަނުން ބުނީ އޭނާ މަރުވީ ހިތްހުއްޓިގެން ކަމަށެވެ. އޭނާ އަކީ ބޮޑުބައްޔަކަށް ފަރުވާ ކުރަމުން ދިޔަ މީހެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެ އެވެ.

ކަރެކްޝަނުން އިތުރަށް ބުނީ އިސްމާއިލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖަކު ހަށިގަޑުގައި އަތްލުމުގެ ކުށުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *