Tuesday, 28 July 2026
މުއިއްޒު ކެމްޕޭނަށް ބޮޑުތިލަދުންމަތީގައި - ފޮޓޯ ޓްވިޓާ

މުއިއްޒުގެ ފުރަތަމަ ކެމްޕޭން ދަތުރު ބޮޑުތިލަދުންމައްޗަށް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބޮޑުތިލަދުންމައްޗަށް ފުރައިވަޑައިގެންފިއެވެ. މުއިއްޒު އަރިހުގައި އޭނާގެ ރަނިންމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.

ރިޔާސީ ކެމްޕޭން ފައްޓަވާ މުއިއްޒު ފުރަތަމަ ވަޑައިގަތީ ހދ. ހަނިމާދޫ އަށެވެ. ރިޔާސީ ކެމްޕޭންގައި މުއިއްޒު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހދ. ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުއިއްޒު ފެއްޓެވި ރިޔާސީ ކެމްޕޭން ދަތުރުގައި މާދަމާ ހދ. މަކުނުދޫ އާއި ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޯމަ ދުވަހު ހއ. އުތީމު އާއި ހއ. ވަށަފަރުގެ އިތުރުން ހއ. ކެލާ އާއި ހއ. ބާރަށް އަދި ހއ. ދިއްދޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފަ އެވެ.

ރިޔާސީ ކެމްޕޭންގައި މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ޑޯ ޓް ޑޯ ހަރަކާތް ފައްޓަވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *