Friday, 11 September 2026

މަސްނޫއީ އަތާއި ފައި އުފައްދާ ލެބަށް މުވައްޒަފުން ތަމްރީންކުރަން ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްނޫއީ އަތާއި ފައި އުފައްދާ ލެބެއް ހުޅުވައި، އެތަނަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރަން ފަށައިފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރި ލެބްގެ ހިދުމަތް އިއްޔެ ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ.

އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

މި ޕްރޮޖެކްޓަކީ އިންޑިޔާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗް.އައި.ސީ.ޑީ.ޕީ)ސްކީމްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. އަދި މި ޕްރޮޖެކްޓަށް އިންޑިޔާގެ ފަރާތުން ވަނީ 2 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދީފަ އެވެ.

ހަމައެހެންމެ، މި ހިދުމަތް ފެށުމަށް އިންޑިއާގެ އާޓިފިޝަލް ލިމްބްސް މެނުފެކްޗަރިން ކޯޕަރޭޝަނާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ދެ މުވައްޒަފަކަށް ތަމްރީނު ދީފައިވެ އެވެ. އަދި ލެބްގެ ހިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކެމްބޯޑިއާއިން މިކަމަށް ހާއްސަ ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމަށް ދެ މީހަކު ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފަ އެވެ.

އިންޑިޔާއިން ވަނީ ރާއްޖެއަށް މީގެ ކުރިންވެސް ސިއްހީ ދާއިރާއިން ގިނަ އެހީތަކެއް ފޯރުކޮށްދީފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ގިނަ އަދަދެއްގެ ޕެރެމެޑިކްސް އާއި ޑޮކްޓަރުން ފާހަގަކޮށްލެވެ އެވެ. އަދި 2019 ވަނަ އަހަރު ރާއްޖޭގެ މައި ހޮސްޕިޓަލް އައިޖީއެމްޗް ތަރައްގީކޮށް އިތުރު ވަސީލަތްތައް ޤާއިމްކުރުމަށް އެހީތެރިވެދީފައި ވެއެވެ.

އަދި ހިމަބިހި ނައްތާލުމަށް ހިންގި ޕްރޮގްރާމްގެ ދަށުން 3000 ހިމަބިހި ވެކްސިން ޑޯޒްވެސް ވަނީ ހަދިޔާކޮށްފަ އެވެ. ޓީބީ ނައްތާލުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން 25،000އަށްވުެ ގިނަ ޓީބީ ޓެބްލެޓްސް ވެސް ހަދިޔާ ކޮށްފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *