މާލޭގެ ގެއެއްގައި ހުރި އުނދުނަކުން ގޭސް ލީކުވެ އަންހެން ކުއްޖަކު ވަރަށް ބޮޑަށް ފިހި އަނިޔާވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ 20 އަހަރުގެ އަންހެނަކަށް ކަމަށާއި، މި ހާދިސާގެ ރިޕޯޓު ރޭގެ 11 ޖަހާކަން ހާއިރު އެމްއެންޑީއެފަށް ލިބިފައިވާކަމަށް އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލުވަނީ ވިދާޅުވެފައެވެ.
އެގޮތުން އެދުރުހިޔާގެ އެޕާޓްމަންޓެއްގައި ގޭސް ލީކްވެފައި ހުއްޓައި އުނދުން ޖެއްސުމުން 20 އަހަރުގެ އަންހެނު ފިހިގެން 11 ޖަހާކަށްހާއިރު ރިޕޯޓުކުރި ކަމަށާއި އެއާއެކު، އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އެމްއެންޑީއެފު އޮފިޝަލު ވަނީ ބުނެފަ އެވެ.
އެ އަންހެން ކުއްޖާގެ ހަށިގަނޑުގެ 18 ޕަސެންޓް ފިހިފައިވާ ކަމަށްވެސް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ. މިކަމާ ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.


