Wednesday, 29 July 2026

ރިޔާސީ އިންތިޚާބު 2023، ކެންޑިޑޭޓުންގެ ނަންބަރު ތަަރުތީބުކޮށްފި

ސެޕްޓެމްބަރު 9, ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަންތައް ތަރުތީބުކޮށް ރަސްމީކޮށް ކެމްޕޭނަށް ހުޅުވާލައިފި އެވެ. ނަންތައް ތަރުތީބު ކުރީ ގުރުއަތު ނަގައިގެންނެވެ.

  1. އުމަރު ނަސީރު – އަމިއްލަ ގޮތުން
  2. ހަސަން ޒަމީލް – އަމިއްލަ ގޮތުން
  3. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު – އެމްޑީޕީ
  4. ޑރ. މުޙައްމަދު މުއިއްޒު – ޕީއެންސީ
  5. ޤާސިމް އިބްރާހީމް – ޖުމްހޫރީ ޕާޓީ
  6. އަހްމަދު ފާރިސް މައުމޫން – އަމިއްލަ ގޮތުން
  7. އިލްޔާސް ލަބީބް – ދަ ޑިމޮކްރެޓްސް
  8. މުޙައްމަދު ނާޒިމް – އެމްއެންޕީ

މި ރިޔާސީ އިންތިހާބުގައި ފަސް ސިޔާސީ ޕާޓީތަކުގެ އިތުރުން  އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

އިންތިހާބުގައި 280،000 މީހުނަށް ވޯޓު ލުމުގެ ހައްގު ލިބިފައެވެ.

ވޯޓުފޮށި ގެ އަދަދު:-

ޖުމްލަ ވޯޓުފޮށި  – 604 ވޯޓުފޮށި

މާލެ ސަރަހައްދުގައި – 187 ވޯޓުފޮށި

އަތޮޅު ތެރޭގައި – 319 ވޯޓުފޮށި

ރިސޯޓުތަކުގައި 78 ފޮށި

ރާއްޖެއިން ބޭރުގައި 13 ފޮށި

ޖަލުތަކާއި ސިނާއި ރަށްރަށުގައި 6 ފޮށި

 

ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް  މިއަދުން ފެށިގެން ކެންޑިޑޭޓުންނަށް އެއްމަސް ދުވަހުގެ މުއްދަތެއް ލިބެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *