Tuesday, 28 July 2026
އިއްޔެ މާލެ ސަރަހައްދަށް އުދަ އަރަނީ

މިއަދުވެސް އުދަ އަރާފާނެ – މެޓް

މިއަދުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ. އޭގެ އިތުރުން އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ.

މެޓް އޮފީހުން ވިދާޅުވިގޮތުގައި، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އޭގެ އިތުރުން ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ވިދާޅުވެފައިވާއިރު، ރާޅުގެ އުސްމިން 6-3 ފޫޓަށް އުފުލޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރިއެވެ. ހާއްސަކޮށް މާލެ އާއި މާލެ އާއި ހުޅުމާލެ އަށް ދާ ބްރިޖާއި ގުޅިފައިވާ ހަލި މަގަށްވެސް ވަރަށް ބޮޑަށް އުދަ އަރާ ގެއްލުން ވިއެވެ.

މީގެއިތުރުން މާލެ ހުޅުމާލެ ގުޅޭ ހިސާބުން ދަތުރުކުރި ސައިކަލުތަކެއްވެސް ވަނީ ރާޅު ދަށުވެފަ އެވެ މި ކާރިސާގައި 6 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *