Tuesday, 28 July 2026
މާލޭގެ މޭޔަރު ޑރ. މުއިއްޒު -- ފޮޓޯ އަވަސް އޮންލައިން

މުއިއްޒަށް ހަމަލާދޭނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފި

މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް މަރުގެ އިންޒާރުދީފި އެވެ.

މުއިއްޒަށް މަރުގެ އިންޒާރުދިންކަން ހާމަކޮށް ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މުއިއްޒުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ ރާއްޖެއިން ބޭރުގެ ނަންބަރަކުން މެސެޖުކޮށް މުއިއްޒަށް ހަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

އެ މެސެޖުކުރި މީހަކު ހޯދާ ފިޔަވަޅު އެޅުމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ފުލުހުންނަށް ގޮވާލާފަ އެވެ.

މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީޕީއެމުން ބުނީ މިފަދަ ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި އަމަލުތަކުން އެ ކޯލިޝަންގެ ލީޑަޝިޕް ބައިބައި ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ.

ކޯލިޝަންގެ ލީޑަޝިޕް އާއި ސެނެޓްވެސް މަސައްކަތްކުރާނީ އެފަދަ ބިރުދެއްކުންތަކާއި އިންޒާރުތަކަށް ބެލުމެއް ނެތި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ސަރުކާރުން ކުރަމުން ގެންދާ އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށް ދިނުމުގައި އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *