ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީގޯނާ ކުރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފި އެވެ.
އުމުރުން 22 އަހަރުގެ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކުރީ ހުކުރު ދުވަހުގެ ރެ އެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާ އަދި 30 އަހަރުގެ މީހެއް ކަމަށެވެ.
ފުލުހުންނަށް މި މައްސަަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.


