Tuesday, 28 July 2026

އިންޑިޔާއިން އަތުލައިގަތް 2500 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ރާއްޖެއަށް ފޮނުވާ ތަކެތިވެސް ހުރި!

ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ އަށް ފޮނުވަން އުޅުނު ބޮޑު ޑްރަގް ޝިޕްމެންޓެއް އިންޑިއާއިން އަތުލައިގެންފި އެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން، ޑްރަގް ހިފައިގެން ދަތުރުކުރި އުޅަނދު އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެއީ ކެރެލާގެ އައްސޭރި ފަށުން ދަތުރުކުރަނިކޮށެވެ.

އެންސީބީ އިން އަތުލައިގެނފައިވަނީ 2،500 ކިލޯގެ މެތަމްފެޓަމިން ހިފައިގެން ދިޔަ ބޯޓެކެވެ.

އެއީ މި ފަހަކުން އެ ގައުމުގައި އެއްފަހަރާ އަތުލައިގަތް އެންމެ ބޮޑު އެއް ޑްރަގް ޝިޕްމެންޓުކަމަށް އެމްބީސީ އިން ބުނި ކަމަށް އިންޑިއާގެ ބައެއް ނޫސް ތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

"މިއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި މަދު ބޯޓުތަކަކާއި އެހެނިހެން ކެރިއާތަކެއް ވެސް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ،" އެންސީބީ ޒޯނަލް ޑިރެކްޓަރު ޕީ އަރަވިންދާން ވިދާޅުވެފައިވެ އެވެ.

މަސްތުވާތަކެއްޗާ އެކު ޕާކިސްތާނުގެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ތަކެއްޗަކީ ޕާކިސްތާނުގެ ޑްރަގު ކާޓެލްއެއްގެ ވެރިޔާ — ހާޖީ ސަލީމްގެ ނެޓްވޯކުން ޓްރެފިކް ކުރި މަސްތުވާތަކެތި ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާންތަކުން އެނގޭ ކަމަށެވެ.

ހައްޔަރުކުރި ޕާކިސްތާނުގެ މީހާ އަކީ އޭނާގެ ދަށުން މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު ގެންގުޅޭ މީހެއް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *