Tuesday, 28 July 2026

އިންތިހާބަށް އޮބްޒާވަރުންނާއި މޮނީޓަރުން ހޯދަނީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ރިޔާސީ އިންތިހާބުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށާއި މޮނިޓާކުރުމަށް ޝައުގުވެރިވާ މީހުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހު 13 އެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، އޮބްޒާވަރުންނާއި މޮނީޓަރުންގެ ގޮތުގައި ކުރިމަތިލުމަށް އެދޭ މީހުންގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އީމެއިލް މެދުވެރިކޮށެވެ. ފޯމު އީމެއިލް ކުރާނީ omc@elections.gov.mv އަށެވެ. އީސީގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފުތާގައި ވޯޓުލާ މީހުންގެ ރީ-ރެޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފައިވެ އެވެ. އަންނަ މަހުގެ ފަހެއްގެ ނިޔަލަށް ރީ-ރެޖިސްޓަރީ ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *