ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ޑޮމެސްޓިކް އެއާޕޯޓްތަކެއް އަޅަން ނިންމާފައިވާ ތިން ރަށެއްގެ ބިން ހިއްކަން ބަޔަކާ ހަވާލުކޮށްފި އެވެ.
މިނިސްޓްރީން ބުނީ، މިމަސައްކަތް ހަވާލުކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓާ ބިން ހިއްކުމާއި، ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓާ ބިން ހިއްކުން އަދި ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓާ ބިން ހިއްކުން ހިމެނޭ ކަމަށެވެ.
މިމަޝްރޫއުގެ އަގަކީ 42.5 މިލިއަން ޑޮލަރު — 653 މިލިއަން ރުފިޔާ އެވެ.
ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު ސޮއިކުރެއްވިއިރު ކެޕިޓަލް މެރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.


