Monday, 26 October 2026

ފުނަދޫ ތެޔޮ ޝެޑްގައި ރޯވި ހާދިސާގައި 4 ގެއަކަށް ގެއްލުންވެ، 16 މީހަކަށް ފަރުވާ ދެނީ

ށ. ފުނަދޫ ބަނދަރު ކައިރީގައި ހުރި ތެޔޮ ޝެޑެއްގައި ހިންގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި ހަތަރު ގެއަކަށާއި، ފަސް ވޯކްޝޮޕަކަށް އަދި ގަރާޖަކަށް ބޮޑެތި ގެއްލުންތަކެއްވެ، 16 މީހަކަށް އެކި ވަރުގެ އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 8:00 އެހާކަންހާއިރުއެވެ. މެންދުރު 12:00 ޖަހާކަށް ހާއިރު އެމްއެންޑީއެފުން ބުނި ގޮތުގައި އެ އަލިފާންގަނޑު ވަނީ ކޮންޓްރޯލްކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ފަރުވާދިނުމުގެ މަސައްކަތް އެ ހޮސްޕިޓަލުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ރަށު ހޮސްޕިޓަލުން ބުނި ގޮތުގައި، ފަރުވާދެމުންދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އަލިފާން ނިއްވާ ދެ މީހުން ހިމެނޭހެން 16 މީހަަކަށެވެ. އޭގެ ތެރޭގައި ހަތަރު އަންހެނުންނާއި 12 ފިރިހެނުން ހިމެނޭ ކަމަށް އެ ތަނުން ބުންޏެވެ.

އޭގެ ތެރެއިން ފިހިގެން ހަ މީހަކަށް ދަނީ ފަރުވާދެމުންދާ ކަމަށާއި ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ. ދުމުގެ އަސަރުކޮށްގެން ހަ މީހަކަށް ފަރުވާދެމުންދާއިރު ހޭނެތިގެން ހަތަރު މީހަކަށް ފަރުވާ ދެމުންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ސަރަހައްދުގައި ހުރި 4 ގެއަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު އޭގެ ތެރެއިން ގެއެއް ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އޭގެ އިތުރުން އެ ސަރަހައްދުގައި ހުރި 5 ވޯކްޝޮޕަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.

އަލިފާންގަނޑު ކޮންޓްރޯލުކުރެވިފައިވީ ނަމަވެސް، އެ ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *