Monday, 26 October 2026
އައިޕީޔޫގެ 149ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ރޭ ޖެނީވާއަށް ފުރާވަޑައިގަތުން - ފޮޓޯ/ ރައްތިޔުންގެ މަޖުލިސް

މަޖިލިސް ރައީސްގެ މުސާރަ 95،000 ރުފިޔާއަށް އަދި ވަޒީރުންގެ މުސާރަ 75،000 ރުފިޔާއަށް ބޮޑުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރަ 95،000 ރުފިޔާއަށް އަދި ކެބިނެޓް ވަޒީރުންގެ މުސާރަ 75،000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މި މައްސަލަ ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކެލާ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޝަރީފެވެ. މައްސަލައާ މެދު މަޝްވަރާކުރައްވައި ގޮތެއް ނިންމުމަށް ތާއީދުކުރެއްވީ ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީގެ އަގުލަބިއްޔަތުން ފާސްކުރީ މަޖިލީހުގެ ރައީސްއަށް 22,000 ރުފިޔާގެ އިތުރުން އެލަވަންސެއް ހަމަޖެއްސުމަށެވެ. އޭރުން އެ މަގާމުގެ މުސާރަ އާއި އެލަވަންސްގެ ގޮތުގައި 95,125 ރުފިޔާ މަހަކު ލިބޭނެއެވެ. މިހާރު ލިބެނީ 73،125 ރުފިޔާއެވެ. މި ބަދަލު ގެނައި ސަބަބަކީ މަޖިލީހުގެ ރައީސަށް ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިނުގަނެވޭތީވެ، މަޖިލީހުގެ އެހެން މެންބަރުންނަށް ލިބިވަޑައިގަންނަވާ 20،000 ރުފިޔާގެ ކޮމިޓީ އެލަވަންސް އުނިކުރުމުން އެހެން މެންބަރުންގެ ޖުމުލައަށްވުރެ ދަށްވާތީއެވެ. އެހެން މެންބަރުންނަށް މަަހަކު 82،250 ރުފިޔާ ލިބެއެވެ.

ކޮމިޓީން ދެން ނިންމީ ވަޒީރުންގެ ކާރު އެލަވަންސް 17,000ރ. އަށް ބޮޑު ކުރުމަށެވެ. އޭރުން ވަޒީރެއްގެ މުސާރަ އާއި އެލަވަންސަށް މަހަކު 75,500 ރުފިޔާ ލިބޭނެ އެވެ. މިހާރު ލިބެނީ 58،500 ރުފިޔާއެވެ. މި ބަދަލު ގެނައި ސަބަބަކީ ވަޒީރުންގެ މުސާރަ ބޮޑުނުކުރެވޭތާ އަހަރުތަކެއް ވުމުންނާއި ބައެއް މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ވެސް ވަޒީރުންގެ މުސާރައަށް ބޮޑުވާކަމަށް ގަބޫލުކުރޭ ކަމަށެވެ.

އިތުރަށް ނިންމި ކަމަކީ ކައުންސިލަރުންނަށް 5,000 ރުފިޔާގެ ސާވިސް އެލަަވަންސެއް ހަމަޖެއްސުމަށެވެ. އޭރުން ކައުންސިލް ރައީސުންގެ މުސާރަ 25،500 ރުފިޔާއިން 30،500 ރުފިޔާއަށް ބޮޑުވާނެއެވެ. ކައުންސިލް ނައިބު ރައީސުންގެ މުސާރަ 20،000ރުފިޔާއިން 25،000 ރުފިޔާއަށް ބޮޑުވެއެވެ. ކައުންސިލް މެންބަރުންގެ މުސާރަ 18،000 ރުފިޔާއަށްވުރެ ބޮޑުވާނެއެވެ.
  • ކައުންސިލް މެންބަރުންނަށް – 23،000ރ.، މިހާރު ލިބެނީ 18،000ރ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *