Monday, 26 October 2026

ރާއްޖެއާއި ޕާކިސްތާނުން 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން 20 އެއްބަސްވުމެއްގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި ސޮއިކޮށްފިއެވެ. މީގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.

ސޮއިކުރެވުނު 20 އެއްބަސްވުންތަކަކީ:

  1. އައިޓީ އާއި އިންފޮމޭޝަން ޓެކްނޮލިޖީ، އޭއައި އަދި ޑިޖިޓަލް ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  2. މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާ ގުޅޭ އެމްއޯޔޫއެއް

  3. ސޯޝަލް ޕްރޮޓެކްޝަންގެ ދާއިރާ އިން އެމްއޯޔޫއެއް

  4. ސިއްހީ ދާއިރާއާ ބޭހާ ގުޅޭ އެމްއޯޔޫއެއް

  5. ސިއްހީ ދާއިރާގެ ފަންނީ މީހުންގެ ވަޒީފާއާ ގުޅޭ އެމްއޯޔޫއެއް

  6. ދިފާއީ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  7. ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ އެމްއޯޔޫއެއް

  8. ދަނޑުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  9. މަސްވެރިކަމުގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  10. ޓެކްނިކަލް އަދި ވޮކޭޝަނަލް ޓްރެއިނިންގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  11. ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ އާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއް

  12. ޒުވާނުން ބާރުވެރިކުރުވާއި ކުޅިވަރު ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް

  13. ވައިގެ ދަތުރުފަތުރުގެ ދާއިރާއާ ގުޅޭ އެމްއޯޔޫއެއް

  14. ފަތުރުވެރިކަމުގެ ދާއިރާ އިން އެއްބާރުލުން ދިނުމާ ގުޅޭ އެމްއޯޔޫއެއް

  15. ސަގާފަތާއި ފަންނީ އަދި ތާރީހީ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއް

  16. ރާއްޖޭގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓާއި ޕާކިސްތާނުގެ ޕޮލިސް އެކެޑެމީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއް

  17. ރާއްޖޭގެ ސިވިލް ސާވިސް އަދި ޕާކިސްތާނުގެ ފެޑަރަލް ސާވިސްއާ ދެމެދު ސޮއިކުރި އެއްބަސްވުމެއް

  18. ރާއްޖޭގެ ސިވިލް ސާވިސް އާއި ޕާކިސްތާނުގެ ސިވިލް ސާވިސްއާ ދެމެދު ސޮއިކުރި އެއްބަސްވުމެއް

  19. ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ކާނާ އަދި އެހެން އުފެއްދުންތަކުގެ ވިޔަފާރިއާ ގުޅޭ ގޮތުން އެސްޓީއޯ އާއި ޕާކިސްތާނުގެ ޓްރޭޑިން ކޯޕަރޭޝަންއާ ދެމެދު ސޮއިކުރި އެމްއޯޔޫއެއް

  20. ތިމާވެށީގެ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *