Monday, 26 October 2026

މަސްތުވާތަކެތި އުފައްދައިގެން ވިއްކާ ގްރޫޕެއް ރަސްދޫން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދައިގެން ވިއްކާކަމުގެ ތުހުމަތުގައި އއ. ރަސްދޫން ގްރޫޕެއް ހައްޔަރުކޮށްފިއެވެ.

އިއްޔެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން ރަސްދޫގައި 10 ގެއެއް ބަލައިފާސްކުރި ކަމަށް ފުލުހުން ބުންޏެވެ. އެ ގެތަކުގައި މަސްތުވާތަކެއްޗާއި ބަނގުރާ އުފައްދަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރީ 7 ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނަކާއި ދިވެހި އަންހެނެއް ހިމެނޭ ގޮތަށް 9 މީހުންނެވެ.

އެ ގޮތުން ހައްޔަރުކުރި މީހުންނާއި ކޯޓުން ބަންދުކުރުމަށް ޖެހި މުއްދަތު:

  • މުހައްމަދު އުލްވާން ރަޝީދު، 21، ލިލީމީޑް/އއ. ރަސްދޫ – ބަންދަށް 5 ދުވަސް

  • އަހްމަދު އަރީފު، 37، ގުލްދަސްތާގެ/އއ. ރަސްދޫ – ބަންދަށް 5 ދުވަސް

  • އިބްރާހީމް ދިނާން، 30، ހަވާމަންޒިލް/އއ. ރަސްދޫ – ބަންދަށް 10 ދުވަސް
  • އަހްމަދު އިކުލީލް، 37، ފެހިވިނަ/އއ. ރަސްދޫ – ބަންދަށް 7 ދުވަސް
  • އަހްމަދު މުހައްމަދު، 44، ކާނޭޝަންމާގެ/އއ. ރަސްދޫ – ބަންދަށް 5 ދުވަސް
  • އަލީ ވަސީމް، 44، ކާނޭޝަންމާގެ/އއ. ރަސްދޫ – ބަންދަށް 10 ދުވަސް
  • ލީނާ މޫސާ، 23، ވިދުވަރުގެ/ހދ. ކުމުންދޫ – ބަންދަށް 3 ދުވަސް
  • ރިމާޒު މުހައްމަދު، 29، ހިކިފިނިފެންމާގެ/އއ. ތޮއްޑޫ – ބަންދަށް 10 ދުވަސް
  • މެހެދީ ހަސަން، 27، ބަންގްލަދޭޝް – ބަންދަށް 10 ދުވަސް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *