Tuesday, 28 July 2026

އުތީމު ގަނޑުވަރު އާބާތުރަފިލުވަން 9 ދުވަހަށް އެ ތަން ބަންދުކުރަނީ

އުތީމު ގަނޑުވަރު އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރަން ވެގެން މާދަމާއިން ފެށިގެން 9 ދުވަހުގެ މުއްދަތަކަށް އެ ތަން ބަންދުކުރުމަށް ނިންމައިފި އެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން މި މަހުގެ 29ވަނަ ދުވަހަށް އުތީމު ގަނޑުވަރުގެ އާބާތުރަފިލުވުމުގެ މަސައްކަތްތަކެއް ކުރުަމަށް ހަމަޖެއްސީ، މި އަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް އުތީމުގައި ފާހަތަކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެވެ.

"މި މަސައްކަތްތައް ކުރިއަށްގެންދާ ދުވަސްތަކުގައި އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގަނޑުވަރު ބަންދުވާނެއެވެ،" ހެރިޓޭޖް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

އުތީމު ގަނޑުވަރު ނިސްބަތްވެވަޑައިގަންނަވަނީ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރި ބަތަލު މުހައްމަދު ތަކުރުފާނު ނުވަތަ ބޮޑު ތަކުރުފާނަށެވެ.

15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު، ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ވިލޭރޭއެވެ. ކޮންމެ އަހަރަކު ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެ ދުވަހެވެ.

އަންނަ ގައުމީ ދުވަސް ދިމާވަނީ އޮގަސްޓް މަހުގެ 14ވަނަ ދުވަހަށެވެ. އެއީ ހުކުރު ދުވަހެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *