Tuesday, 28 July 2026

ޓްރާންސްޕޭރެންސީގެ ބޭންކް އެކައުންޓުން ތިން ލައްކަ ރުފިޔާ ފްރީޒްކުރަން އަމުރުކޮށްފި

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޭންކް އެކައުންޓުން ތިން ލައްކަ ރުފިޔާ ފްރީޒް ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މައްސަލައަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި މަސައްކަތް ކުރި އަލީ ޝަރީފް ނަމަކަށް ކިޔާ މީހަކު އޭނާގެ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ވަޒީފާއިން ވަކިވާ މުއްދަތުގެ ނޯޓިސް ކަނޑައެޅުމުންނާއި ވަޒީފާއިން ވަކިކުރި މައްސަލާގައި ކުރި އަމުރެކެވެ.

އަލީ ޝަރީފް ވަޒީފާގެ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލާގައި އެ ތަނުން ހުކުމްކޮށްފައިވަނީ އޭނާ ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ޓްރައިބިއުނަލުން ހުކުމްކުރި ތާރީހާއި ހަމައަށް އޭނާގެ މުސާރައަށްވާ އަދަދު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. އެއީ 356,932 ރުފިޔާ އެވެ.

މި މައްސަލަ ހައި ކޯޓަށް ގެންދިއުމުން އެ ކޯޓުން ވެސް ޓްރައިބިއުނަލްގެ ނިންމުން ދެމެހެއްޓި އެވެ.

ޓްރާންސްޕޭރެންސީގެ އެކައުންޓުން ތިން ލައްކަ ރުފިޔާ ފްރީޒްކުރަން އަމުރުކުރީ، ހައި ކޯޓުގެ ހުކުމާ އެކު އެ ހުކުމް ތަންފީޒުކުރުމަށް ސިވިލް ކޯޓަށް އަލީ ޝަރީފް ހުށަހެޅި މައްސަލާގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *